ދިވެހިރާއްޖެ
ބަނޑިދޫ ޕްރީސްކޫލްގައި ( ބޭބީ ނާސަރީ އަދި ނާސަރީ ) ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ
2026 ވަނަ ތަޢުލީމީ ދިރާސީ އަހަރު ބަނޑިދޫ ޕްރީސްކޫލް ބޭބީ ނާސަރީ އަދި ނާސަރީގައި ތަޢުލީމް ހާޞިލްކުރުމަށް އެދޭ ދަރިވަރުން ބަނޑިދޫ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.
ބަނޑިދޫ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރު 2025 ން ފެށިގެން 30 ޑިސެމްބަރު 2025 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.
ޢާއްމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގުރޭޑްގައި ރިޕީޓް ނުކުރެވޭނެކަމަށާއި އަދި ފޯމް ބަލައި ގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތް ލިސްޓް) ދޫކުރާނެ ކަމުގައި ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބޭބީ ނާސަރީ އާއި ނާސަރީގައި ދަރިވަރުން ރަޖިސްޓްރީ ކުރުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރާނަމަ އުމުރު ބެލުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރުން 2025 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.
|
ގްރޭޑް |
2026 ވަނަ އަހަރު ދަރިވަރުން ރެޖިސްޓްރީ ކުރުމުގެ އުމުރު ފުރާ |
|
ބޭބީ ނާސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން ( ބެލެނިވެރިޔާ އެދިލައްވާނަމަ 31 މާޗް 2026 ގެ ނިޔަލަށް އުމުރު ބެލިދާނެއެވެ.އެހެންނަމަވެސް މިގޮތަށް އެންރޯލްކުރެވޭ ދަރިވަރު އެއްވރެސް ގްރޭޑްގައި ފަހުން ރިޕީޓް ނުކުރެވޭނެކަމުގައި ދަންނަވަމެވެ. ) |
|
ނާސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން |
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
