މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މިނިމަމް އިންފްރާސްޓްރަކްޗަރ ސްޓޭންޑަރޑްސް (MIS) އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

މިނިމަމް އިންފްރާސްޓްރަކްޗަރ ސްޓޭންޑަރޑްސް (MIS) އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2025/277 އިޢުލާނުގެ ޓަރމްސް އޮފް ރެފަރަންސްއަށް ގެނެވުނު ބަދަލާއެކު އިޢުލާން ބާތިލްކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ލިންކު: https://bit.ly/49eHY6Q

    

ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް: [email protected]

ފޯން: 3041242,3041249

 

17 ޑިސެންބަރު 2025
ހޯދާ