ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތާއި ގުޅޭ
- ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިސްކޫލްގެ ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެވޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 17 ޑިސެންބަރު 2025 އިން 23 ޑިސެންބަރު 2025 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ލިންކް:- https://forms.gle/18bUbDMGKJG8zzbK7
- މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 18 ޑިސެންބަރު 2025 އިންފެށިގެން 23 ޑިސެންބަރު 2025ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 ޑިސެންބަރު 2025 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގެ ޖަލްސާކުރާ މާލަމު ގައެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (ހުށަހަޅާ އަގު ފަސްލައްކައަށްވުރެ އިތުރުވާނަމަ) -/5,000ރ.(ފަސް ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]
17 ޑިސެންބަރު 2025
ހޯދާ
