މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުނ

2026 ވަނަ އަހަރު ރަށުގެ އިޖްތިމާއި ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައި ދޭނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ރަށުގައި ދިރިއުޅެމުންދާ އަންހެން ބޭފުޅުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ރަށުގެ ކޮމިއުނިޓީއާއެކު މަސައްކަތް ރާވާ ހިންގާބެލެހެއްޓުމަށް ކަމުގައިވާތީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 4 ޒޯނަކަށް މުޅި ރަށް ބަހާލައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ ކޮންމެ ޒޯނެއް ބެލެހެއްޓުމަށް 5 ފަރާތެއްގެ މައްޗަށް އެކުލެވޭ 4 ގުރޫޕު ހިމަނައިގެންނެވެ.

އިޖުތިމާއީ ސަރަހައްދުތަށް ކުނިކަހައި ސާފުކޮށް ބަލަހައްޓާން އެދޭ ފަރާތްތަކުން 5 މީހުންގެ ގްރޫޕަކާއެކު 2025 ޑިސެންބަރ 24 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރީން ތިރީގައިވާ ފޯމް ފުރިހަމަ ކުރައްވައި ރަޖިސްޓްރީވުމަށް އެދެމެވެ.

ފޯމް ލިންކު: https://shorturl.at/borLW

ވީމާ، އިޖުތިމާއީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާން ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް އަމަލުކުރެއްވުން އެދެމެވެ. އަދި ޒޯން ކޮށްފައިވާ ސަރަހައްދުތަކާއި ކުނިކެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ވަކިކުރެވިފައިވާ ޗާޓު އިއުލާނާއި އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

17 ޑިސެންބަރު 2025
ހޯދާ