ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން (ފުލްޓައިމް) - ހއ. އިހަވަންދޫ
2- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) - (ފުލްޓައިމް ބްލެންޑެޑް) - ހއ. އިހަވަންދޫ
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
1- އެޑްވާންސްޑް ސެޓްފިކެޓް އިން މެނޭޖްމަންޓް – (ފުލްޓައިމް) - ހއ. އިހަވަންދޫ
2- ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (ފުލްޓައިމް ބްލެންޑެޑް) - ހއ. އިހަވަންދޫ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ: Application announcement 2026 - Term 1
26 ޖުމާދަލްއާޚިރާ 1447
