ދިވެހިރާއްޖެ
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ މަލްޓިޕާޕޯސް ހޯލް އަދި 1 ކްލާސް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ ތިންވަނަ އިޢުލާން
މިމަދަރުސާގެ އިޢުލާން ނަންބަރު GS78/IUlAAN/2015/13 ގެ ދަށުން މިމަސައްކަތަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަނާޅައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ މަލްޓިޕާޕޯސް ހޯލް އަދި 1 ކްލާސް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 |
30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.
28 މުޙައްރަމް 1437