ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލްސްކޫލް މަޝްރޫޢުގެ ދަށުން ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން.
- ކޫލްސްކޫލް މަޝްރޫޢުގެ ދަށުން ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 16 ން 2025 ޑިސެމްބަރ 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/LeoJXHFFf6ooqiYG7
4. މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22ޑިސެމްބަރ 2025ވަނަ ދުވަހުގެ ކުރިން މިސްކޫލްގެ [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 23 ވަނަ ދުވަހުގެ 13:00 ގައިދުވާފަރު ޕްރައިމަރީ ސްކޫލް އޮފީހުގައެވެ.
6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ.
7. މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބީލަންފޮތުގައި ހިމަނާފައިވާނެއެވެ.
8. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 16ޑިސެމްބަރ2025 އިން ފެށިގެން 22ޑިސެމްބަރ2025ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވާކޮންމެ ދުވަހެއްގެވެސް މެންދުރު12:30އިން 2:00އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
9. މިޕްރޮކިއުމަންޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ދުވާފަރު ޕްރައިމަރީ ސްކޫލް
ރ.ދުވާފަރު، ދިވެހިރާއްޖެ.
ފޯން: 6584595 / 7993055
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
26ޖުމާދިލްއާޚިރު1446
16ޑިސެމްބަރ2025
