މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އދ. މާމިގިލީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޑިސެންބަރު 17، 19، 20، 21 އަދި 22 މި ފަސްދުވަހުގެ 18:00 އިން 23:59 އަށް، އދ. މާމިގިލީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލޭއަރސް ދަތުރުކުރާނީ އދ. މާމިގިލީގެ ވަށައިގެންވާ ސަރަހައްދުގެ 300 މީޓަރ ދުރުމިނަށެވެ. އަދި ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

16 ޑިސެންބަރު 2025
ހޯދާ