މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ ކުލާސްރޫމުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

  1. މިސްކޫލުގެ ކުލާސްރޫމުތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/20214 ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ
  4. މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 22 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ކުރިން " ބިޑު ރެޖިސްޓްރީ ފޯމް " ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
  5. ޕްރޮޖެކްޓާއި ބެހޭގޮތުން ސުވާލެއްވާނަމަ 22 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނުގެ 10 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  7. މި ޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމްގެ ލިންކު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  9. ބީލަމުގައި ރަޖިސްޓްރިކުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާނަމަ އެކަން ބަޔާންކޮށް ލިޔުން ހުށަހަޅަންވާނެއެވެ.
  10. މިޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ވާދޫ ސްކޫލް / ރ.ވާދޫ

-          ފޯން: 6580362

-          އީ-މެއިލް:[email protected]

ރެޖިސްޓްރޭޝަން ލިންކު:

https://forms.gle/eev8vMszcDU4kdtL9 

16 ޑިސެންބަރު 2025
ހޯދާ