މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓެލްސްކޫލް ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަސް ދެނެގަތުން

ރަށުގައި ހޮޓެލްސްކޫލެއް ޤާއިމުކުރުމަށް ދޫކުރެވިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ދެނެގަތުމަށް ކުރެވިފައިވާ، މިއިދާރާގެ ނަންބަރު: (IUL)364/2025/42  (01 ޑިސެންބަރު 2025)އިޢުލާނަށް އިޖާބާދީފައިނުވާތީ، އެ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 2025 ޑިސެންބަރު 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ރުއްގަހުގައި ނަންބަރުޖަހާ ނިންމެވުމަށް އަންގަމެވެ.

އެހެންކަމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި ނަމެއް ނަންބަރެއް ޖަހާފައިނުވާ ރުއްގަސްތައް ޝަރުޢީ އަގުން އަގު ކުރުމަށްފަހު، ކައުންސިލުގެ ބެލުމުގެ ދަށުން ނެގޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

16 ޑިސެންބަރު 2025
ހޯދާ