ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލު އެއަރކަންޑިޝަން ކުރުމަށްޓަކައި މިމަރުކަޒުގެ ހޯލް އަދި ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން
|
ބީލަމުގައި ރަޖިސްޓްރީވުން |
މަޢުލޫމާތު ސާފުކުރުމަށް |
ބިޑް ހުށަހެޅުން |
|
ލިންކް: https://forms.gle/2NKzhaNnhi9N2Ut6A
|
ގުޅޭނެ ނަންބަރު: 6680024 އީމެއިލް އެޑްރެސް: [email protected] |
ތާރީޚް: 24 ޑިސެންބަރު 2025 |
|
ތާރީޚާއި ސުންގަޑި: މިބީލަމުގައި ރަޖިސްޓްރީ ކުރުމަށް 16 ޑިސެންބަރު އިން ފެށިގެން 22 ޑިސެންބަރު 2025 ގެ 14:00 ގެ ނިޔަލަށް. |
ޕްރީބިޑް މީޓިންގ ތާރީޚް: 23 ޑިސެންބަރު 2025 ތަން އަދި ސުންގަޑި: އދ.އަތޮޅު ތަޢުލީމީ މަރުކަޒު 11:00 |
ތަން އަދި ސުންގަޑި: އދ.އަތޮޅު ތަޢުލީމީ މަރުކަޒު 09:30 |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680024 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
