ދިވެހިރާއްޖެ
~
`
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ވޭމަންޑޫ، ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް
|
މިއީ ވޭމަންޑޫގައި ދިރިއުޅޭ ވޭމަންޑޫގެ ރައްޔިތުން އެއްގޭގައި ގޭބިސީއެއް ހަދައިގެން ދިރިއުޅުމަށް ބޭނުންވެ، އެގެއިން ގޭބިސީއެއް ރަޖިސްޓަރީ ކުރުމަށް ވޭމަންޑޫ ކައުންސިލަށްއެދި ހުށަހެޅުމުން ގޭބިސީ ލިޔުން ދޫކުރުމުގެ ކުރީގައި ޢާއްމުކޮށް އެންމެންނަށް އެގޭ އުޞޫލެއް އޮންނަން ޖެހޭނެކަމަށް ކައުންސިލަށް ޤަބޫލް ކުރެވޭތީ، މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ބޭނުމުގައި ކައުންސިލުން އެކުލަވާލެވިފައިވާ އުޞޫލެކެވެ. މި އުޞޫލަށް ކިޔާނީ " ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް" އެވެ. |
|
މިއީ ވޭމަންޑޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތީގައި ޢިމާރާތްކޮށްފައިވާ ގޭގޭގައި 1 (އެކެއް) ގޭބިސީއަށްވުރެ އިތުރަށް ގޭބިސީ ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހަޅަމުން ދާތީ ހުރިހާ އެންމެންނަށް އެއް އުޞޫލަކުން ގޭބިސީ ރަޖިސްޓަރީ ކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލި އުޞޫލެކެވެ.
|
|
(ހ) މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އަދި ތަރިކައިން ލިބިފައިވާ ގޯތީގައި ގޭބިސީއެއް ރަޖިސްޓަރީ ކުރަން ހުށަހަޅާ ހުށަހެޅުންތަކުގައި މިމާއްދާގައި ބަޔާންކޮށްފައިމިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ. މިގޮތުން ގޭބިސީއެއް ހެދުމަށް ހުށަހަޅަންވާނީ މި އުޞޫލުގެ ޖަދުވަލް 1 ގައިވާ ފޯމުންނެވެ. މި ފޯމު ފުރިހަމަކޮށް މިފޯމުގަ ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
|
|
(ށ) މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އަދި ތަރިކައިން ލިބިފައިވާ ގޯތީގައި އެގޯތީގެ ވެރިފަރާތުން ގޭބިސީއެއް ރަޖިސްޓަރީ ކުރަން ބޭނުންނަމަ، އެފަރާތަކުން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދައި، ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ހެއްދުމަށްފަހު، ހުށަހެޅުމުން އެބިސީގައި، ހިމަނަން ބޭނުންވާ މީހުން ހިމެނޭގޮތައް ގޭބިސީއެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މިގޮތުން ހުށަހަޅާ ފަރާތުގެ ނަމުގައި ކުރިން ގޭބިސީއެއް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެފަރާތަށް ކުރިން ދޫކޮށްފައިވާ ގޭބިސީގެ ރަޖިސްޓަރީ ބާތިލު ކުރެވޭނެއެވެ. އަދި އެފަރާތަކީ ކުރިން އެއްވެސް ފަރާތަކަށް ވޭމަންޑޫގައި ރަޖިސްޓަރީކޮށްފައިވާ ގޭބިސީގެ ރަޖިސްޓަރީގައި ހިމަނާފައިވާ ފަރާތެއްނަމަ އެގޭބިސީގެ ރަޖިސްޓަރީން އުނިކުރެވޭނެއެވެ. |
|
|
(ހ) މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަނޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗާއި، ތަރިކައިން ލިބިފައިވާ ގޯއްޗެއްގައި ޢިމާރާތްކޮށްފައިވާ ޢިމާރާތެއްގައި ދެމަފިރިންނަށް ވަކިން، ގޭބިސީއެއް ރަޖިސްޓަރީ ކޮށް ނުދެވޭނެއެވެ. (ށ) އެއްފަރާތެއްގެ ނަމުގައި 1 (އެކެއް) ގޭބިސީއަށްވުރެ ގިނަ ގޭބިސީ ހައްދަން ހުށަހަޅާފިނަމަ އެފަރާތަކަށް އިތުރު ގޭބިސީއެއް ރަޖިސްޓަރީއެއް ކޮށެއް ނުދެވޭނެއެވެ. |
|
(ހ) ގޭބިސީ ވަކިކޮށްދިނުމަށްފަހު ހާލަތު ބަދަލުވެ އެފަރާތުން އެގޭގައި ދިރިނޫޅޭތާ 1 (އެކެއް) އަހަރު ފާއިތުވެއްޖެކަމަށް ކައުންސިލްގެ ލިޔެކިޔުމުން ފެންނަށް އޮތްނަމަ، އެފަރާތުގެ ނަމުގައި އެގެއަށް ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީ އުނިކުރެވޭނެއެވެ. (ށ) ގޭބިސީ ވަކިކޮށްދިނުމަށްފަހު ހާލަތު ބަދަލުވެ އެފަރާތުން މީހުން ދިރިއުޅޭ އެހެން ގެއަކަށް ނުވަތަ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކުރަންބޭނުން ވެއްޖެނަމަ، ބަދަލުވުމުގެ ރަސްމީ 3 ދުވަހުގެ ކުރިން ވޭމަންޑޫ ކައުންސިލަށް ލިޔުމަކުން އެކަން އަންގައި އެފަރާތަށް ދޫކޮށްފައިވާ ގޭބިސީ ރަޖިސްޓަރީ އުނިކުރަންވާނެއެވެ. (ނ) މިމާއްދާގެ (ށ) ގައި ބުނާ ލިޔުމުން އެންގުމަކާނުލައި ގޭބިސީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް މީހުން ދިރިއުޅޭ އެހެންގެއަކަށް ނުވަތަ ރަށުން ބޭރަށް ދިރިއުޅުން ބަދަލުކޮށް، ދިރިއުޅުމުގެ ކަންކަން ހަމަޖެހި، އެތަނެއްގައި ދިރިއުޅޭތާ 1 (އެކެއް) އަހަރު ފާއިތުވެއްޖެނަމަ، އެކަން ވޭމަންޑޫ ކައުންސިލުގެ އިދާރާއަށް އަންގައި އެފަރާތަށް ދޫކޮށްފައިވާ ވަކިބިސީގެ ރަޖިސްޓަރީ އުނިކުރަން ހުށަހަޅަންވާނެއެވެ. އަދި ވަކިބިސީގެ ރަޖިސްޓްރީ އުނިކުރަން ހުށަޅާނާހުރެ މިކަން ކައުންސިލަށް އެގިއްޖެނަމަ އެފަރާތެއް ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބިސީ އުނިކުރެވޭނެއެވެ. އަދި އެފަރާތަށް ގޭބިސީއެއް ރަޖިސްޓަރީއެއް ހައްދާ ދެވޭނީ 1 (އެކެއް) އަހަރު ވުމުންނެވެ. ނަމަވެސް ގޭގެ ރަޖިސްޓަރީގައި ހިމެނިފައި އޮންނާނެއެވެ. (ރ) މި އުޞޫލަށް ޢަމަލުކުރަން ފެށުމުން، ވޭމަންޑޫއިން އެއްވެސް ފަރާތަކަށް، 1 (އެކެއް) ގޭބިސީއަށްވުރެ ގިނަ ގޭބިސީ ރަޖިސްޓްރީ ކޮށްފައިވާނަމަ އެފަރާތެއް މިހާރު ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު އިތުރަށް ދެންހުރި ގޭބިސީތައް ކައުންސިލްގެ ދަފްތަރުން އުނިކުރެވޭނެއެވެ. |
|
(ހ) މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލް ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެނެވެ. (ށ) މިއުޞޫލަށް ޢަމަލުކުރަން ފެށުމުން 12 އޮގަސްޓް 2020 ގައި ގެޒެޓް ކޮށްފައިވާ " ކޮޅުމަޑުލު ވޭމަންޑޫގައި ގޭބިސީ ރަޖިސްޓަރީ ކުރުމުގެ އުޞޫލް" އުވުނީއެވެ.
|
