މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ އިޢުލާން ނަންބަރު IUL)101-AF/1/2015/137) އާ ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ މަޤާމްތަކުގެ ޓީ.އޯ.އާރ އަށް ބައެއް ބަދަލު ގެނެވިފައިވުމާއެކު، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމްތަކަށް އަލުން އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމްކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީ.ޑީ.އެސް.ސީ އާއި ބެހޭ އިތުރު މަޢުލޫމާތު މި ޢިޢުލާނާއެކުގައިވާ ޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.

ހ.ދ ކުޅުއްދުފުށި ބީޑީއެސްސީ އަށް

01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ޅ. ނައިފަރު ބީޑީއެސްސީ އަށް

01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ދ. ކުޑަހުވަދޫ ބީޑީއެސްސީ އަށް

- 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

- 01 ޓްރެއިނިންގ ކޯޑިނޭޓަރ

ލ. ފޮނަދޫ ބީޑީއެސްސީ އަށް

01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މި މަޤާމްތަކަށް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

މިނިސްޓްރީއަށް މި ވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

ސުންގަޑި:

- މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކުމިވާ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތިން، 2015 ނޮވެންބަރު 19 ގެ 14:00 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރެއްގެ މަޤާމަކަށްކަން އެނގޭގޮތަށް ބަޔާންކުރެއްވުން އެދެމެވެ.

- މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ލިބިލައްވާނެއެވެ.

 - ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތާއި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333123، 3333196 (960)+

އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ