ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލުގެ ބައެއް މަރާމާތުކުރުމާއިގުޅޭ:
ނަންބަރު: GS-119/2025/09
އިޢުލާން
މި ސްކޫލުގެބައެއް މަރާމާތުކުރުމާއިގުޅޭ:
މިސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ހުރިހާ ކުލާސްރޫމާއި ހޯލުގެ ދޮރާއި، ދޮރުފަތާއި، ސީލިންގ
- މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2025 އިން 19 ޑިސެމްބަރ 2025 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 12:00 އާއި ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެމްބަރ 2025 އާދިއްތަ ދުވަހުގެ 12.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 24 ޑިސެމްބަރ 2025 ބުދަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2025 ވާ ބުރާށްފަތި ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ. ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 7. ޕްރޮކިއުމަންޓް ސެކްޝަން ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
- ފޯން: 6560576 ، އީ-މެއިލް: [email protected] ، ކޮޕީ-މެއިލް: [email protected]
ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
26 ޖުމާދަލް އާޚިރު 1447
16 ޑިސެމްބަރ 2025
16 ޑިސެންބަރު 2025
ހޯދާ
