މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމާ ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެ މަތީން، ޢާއްމު އުސޫލުގެ ދަށުން 2024 ވަނަ އަހަރު ފިޠުރުޒަކާތަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ރިވިއުކުރުމަށްޓަކައި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އަދި މިމުއްދަތުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އުސޫލުގެ 11 ވަނަ މާއްދާގެ (ށ)ގެ ދަށުން ޙާލަތު ރިވިއު ކުރަންޖެހޭތީ މި ފަރާތްތަކުގެ ޙާލަތު ރިވިއު ކުރުމަށްއެދި ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

  • ޢާއިލާގައި ހިމެނޭ (ދަފްތަރުގައި ރަޖިސްޓްރީވެފައިވާ) ފިރިހެން ދަރިއަކަށް 01 ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް 18 އަހަރުވުން.
  • ޢާއިލާގައި ހިމެނޭ ފަރާތަކަށް 01 ޖަނަވަރީ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް 65 އަހަރު ފުރުން.

   ވީމާ، ޙާލަތު ދެނެގަންނަ ފޯމު 2025 ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވެމެވެ. ފޯމު ބަލައިގަތުން 2025 ޑިސެމްބަރ 16 އިން 2025 ޑިސެމްބަރ 24 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ އަންގާ އިޢުލާނު ކުރަމެވެ. އަދި މި މުއްދަތުގެ ފަހުންވެސް އެއްވެސް ފަރާތެއްގެ ޙާލަތަށް ބަދަލެއް އަތުވެއްޖެނަމަ ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

16 ޑިސެންބަރު 2025
ހޯދާ