ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަގުތީގޮތުން އިމާމުވެ ނަމާދުކުރާނެ ފަރާތެއް ހޯދުން
އިޢުލާން
ވަގުތީގޮތުން އިމާމުވެ ނަމާދުކުރާނެ ފަރާތެއް ހޯދުން:
ދަޑިމަގު މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ އިމާމުން މުދިމުން ސަލާން ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން އެ މިސްކިތެއްގައި ވަގުތީގޮތުން އިމާމުވެ ނަމާދުކުރާނެ ފަރާތްތަކެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މަޤާމުގެ ޝަރުޠު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
- ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- އިމާމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މީގެ އިތުރުން، ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު، 2015 ނޮވެންބަރު 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ލިއުމަކުން ހުށަހެޅުން އެދެމެވެ.
27 މުޙައްރަމް 1437
09 ނޮވެންބަރު 2015
ހޯދާ