މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން-ދެވަނަ އިޢުލާން

ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން-ދެވަނަ އިޢުލާން

    ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:319/319/2025/75(IUL) އާއި ގުޅިގެން ބިޑު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ މައުލޫމާތު ބިޑު ޝީޓުގައި ހިމެނިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

    ވީމާ، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރ 18 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު

  • މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެމްބަރ 24 ވާ ބުދަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.
  • އީމެއިލް ކުރައްވާނަމަ ސުންގަޑީގެ 10 މިނެޓު ކުރިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
  • އީމެއިލް ޒަރިއްޔާއިން ފޮނުވާ އަގުޝީޓު އެއްވެސް މެއިލްއަކާއި އެކު ތްރެޑްކުރެވިގެން ނުވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

ޕޮއިންޓް ދޭނެ އުސޫލު

ހުށަހެޅުމަށް ޕޮއިންޓް ދިނުން

  • ޕޮއިންޓު ދޭން ކަނޑައަޅައިފައިވާ އުސޫލު:

 

ތަފުސީލު

  ޕޮއިންޓު

އަގު

  • ސަޕްލައިކޮށްދޭން ހުށަހަޅާ ޖުމުލަ އަގު

    80

ވޮރަންޓީ

  • މަދުވެގެން 3 (ތިން) އަހަރު ދުވަސް
  • ކޮންމެ އަހަރަކަށް 1 (އެކެއް) ޕޮއިންޓު.
  • މި ބަޔަށް ގިނަވެގެން ލިބޭނީ 5 (ފަސް) ޕޮއިންޓު.

5

މުއްދަތު

  • ސަޕްލައިކޮށް ނިންމާން ހޭދަވާނޭ މުއްދަތު

10

ފަންނީ ޤާބިލްކަން/ މަސައްކަތުގެ ތަޖުރިބާ

  • 2019 ވަނަ އަހަރުގެ ފަހުން، މި ބާވަތު، 50،000.00ރ. (ފަންސާސް ހާސް ރުފިޔާ) އަށް ވުރެ އަގު ކުޑަ ނޫން މަސައްކަތެއްކޮށް، ފުރިހަމަކޮށްފައިވާކަން ދަލީލުކޮށްދޭ ލިޔުން ހުށަހެޅުމުން، ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 (އެއް) ޕޮއިންޓު.
  • މި ބައި ގައި ގިނަވެގެން ހިމެނޭނީ 5 (ފަސް) ލިޔުން.

     5   

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

15 ޑިސެންބަރު 2025
ހޯދާ