ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ބޭނުންވާތީ، މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، ސްކޫލް ހޯލް އަދި 3 ކުލާސްރޫމުގައި ހުރި ލަކުޑި ދޮރާއި ދޮރުފަތްތައް (ކުޑަ ދޮރު / ބޮޑު ދޮރު) ނައްޓާ ދާރަތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްރަޖިސްޓްރީ ކުރެއްވުމަށް، 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން ނުވަތަ ސްކޫލް އޮފީހަށް ހުށައެޅުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ [email protected]
- · މި ބިޑްގައި ރެޖިސްޓަރ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
- މިމަސައްކަތާއި ގުޅިގެން ބޭއްވޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް 2025 ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ 13:00 ގައި ސްކޫލް އޮފީހުގައި އޮންނާނާނެއެވެ.
- މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2025 ޑިސެމްބަރު 21 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލް އޮފީހަށްވަޑައިގެން ނުވަތަ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
- · ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރު 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ބާރަށު ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބާރަށު ސްކޫލް
ފޯން: 6500527
އީ-މެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
