ދިވެހިރާއްޖެ
މަހިބަދޫ ކުޅިވަރު އެކުވެނީގައި ހަދާފައިވާ މެދު ބޭސްފިހާރަ ބިޑް އުސޫލުން 7 އަހަރު ދުވަހަށް ހިންގާނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވިމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުން
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން ރަޖިސްޓޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހު 11:00 ގެ ކުރިން [email protected]އަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އަދި މިގޮތުންދެވޭ މަޢުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅާނީ 22 ޑިސެމްބަރ 2025 ވާ ހޯމާ ދުވަހުގެ 10:00ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.
ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއިކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ.
