ދިވެހިރާއްޖެ
އައްޑޫސިޓީގެ ހިތަދޫ މެދު ސަރަޙައްދުގައި ވަޅުލެވިފައިވާ ވެކިއުމް ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ބަހައްޓާ ޢިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2014/131ފ(27 އޮކްޓޫބަރު 2014) އިޢުލާން ބާޠިލުކުރުމަށްފަހު އަލުން ވަނީ އިޢުލާން ކުރެވިފައެވެ. މިގޮތުން ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/062ފ(25 މޭ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައެއް ނުވާތީ، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
4 ޞަފަރު 1437