މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހައުސްކީޕަރ (އެސް.އެސް 1)

`

 

 

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ

ހައުސްކީޕަރ (އެސް.އެސް 1)

އިޢުލާނު

ނަންބަރު: 568-A/2025/16

މަޤާމު:

ހައުސްކީޕަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

މަސައްކަތްކުރަންޖެހޭ ތަން

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް، މަޑުއްވަރީ / ދިވެހިރާއްޖެ.

އަސާސީ މުސާރަ

-/7700 (ހަތް ހަސް ހަތް ސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް

  • އެޓެންޑެންސް އެލަވަންސް: 60/- (ހާޒިރުވާ ކޮންމެ ދުވަހަކަށް)
  • ޖޮބް އެލަވަންސް -/2310 (ދެ ހާސް ތިންސަތޭކަ ދިހަ ރުފިޔާ)
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް -/120 (އެއް ސަތޭކަ ވިހި ރުފިޔާ) (ހަމަޖެހިފައިވާ އުސޫލުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިއުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.
  2. ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރު އަދި ކޯޓު ހިމެނޭ ސަރަހައްދުގެ މަގުމަތި ކުނިކަހާ ސާފުކޮށް ކުނިއުކާލުން.
  3. ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖިލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަޑުފަދަ ތަކެއްޗާއި ފަންކާތަކާއި، އެއަރ ކޮންޝަންތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން.
  5. ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  6. މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

1-      ދިވެހި ބަހުން ލިޔަންކިޔަން އެގުން.

ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ޓެސްޓެއް ދީގެންނެވެ.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

މިމަޤާމަކީ ވަހި ޚާއްސަ ތޢުލީމީ ރޮނގެއް ކަނޑއެޅިފައިވާ މަޤާމެއް ނޫނެވެ.

އެހެނިހެން ޝަރުތުތައް

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  2. ވަޒީފާއަށް އެދޭ ކޯޓުގެ މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1 ކާފަ ނުވަތަ މާމަ (ދޮން ކާފައާއި ދޮން މާމަ ހިމެނޭގޮތަށް)

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ ނުވަތަ ދޮންބައްޕަ ހިމެނޭގޮތަށް)

 2.3ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)

2.4 ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން އަދި ދޮން ދަރިންވެސް ހިމެނޭހެން)

2.5 އަނބިމީހާ ނުވަތަ ފިރިމީހާ

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މިފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި މިކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) www.dja.gov.mv

2-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

3-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 

  • އަސާސީ ޝަރުޠު ހަމަވުން: 50 މަރކްސް
  • އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމަށް: 5 މަރކްސް
  • މަސައްކަތުގެ ތަޖުރިބާ: 5 މަރކްސް
  • އިންޓަވިއު: 40 މަރކްސް

ޖުމްލަ: 100 މަރކްސް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  1. ރަސްމީ ބަންދު ދުވަސްތަކާ ރަސްމީ ދުވަސްތަކުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި، މަސައްކަތަށް ވަގުތުދެވޭނެ ފަރާތަކަށްވުން.
  2. ޤާނޫނާ ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން
  3. އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  4. ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މިމަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 28 ޑިސެންބަރ 2025 އާއި 10 ޖަނަވަރީ 2026 އާ ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މިކޯޓުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި www.gazette.gov..mv ގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2  ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިކޯޓަށް ހުށަހަޅަންވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6580430 (ރަސްމީ ގަޑީގައި)

-   ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މިމަޤާމަށް ކުރިމަތިލާންވާނީ ކުރިން މަސައްކަތްކޮށްފައިވާ އޮފިސްތަކުންނާއި އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފަރަލް ރިޕޯޓް މިކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމެއެވެ.

15 ޑިސެންބަރު 2025މ.

       

 

15 ޑިސެންބަރު 2025
ހޯދާ