ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލަށް 2026 ވަނައަހަރުގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިގޮތުން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި އެއް ސްކޫލް އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި ބަލާނެގޮތް ތިރީގައި އެވަނީއެވެ.
|
ގްރޭޑް |
2026 ވަނައަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތް |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
2026 ވަނައަހަރު ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ، ފާއިތުވާ އަހަރުގެ 31 ޑިސެމްބަރަށެވެ. ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ 2026 ވަނަ އަހަރުގެ މާރޗް 31 ގެ ނިޔަލަށް 2 އަހަރުފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަރު ލިބޭނެ ވާހަކަ ދެންނެވީމެވެ.
ސްކޫލް ފީ
މި ސްކޫލްގެ ފީއަކީ ކޮންމެ މީލާދީ މަހަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ.
ވީމާ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 22 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14.00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށައެޅުއްވުމަށް ދަންނަވަމެވެ. ރަސްމީ ގަޑިތަކުގައި ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
