ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގެ ލޭޓް އެންޓްރީ މުއްދަތުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.

2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ 2025 ޑިސެންބަރު 15 ވާ ހޯމަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ.

15 ޑިސެންބަރު 2025
ހޯދާ