ދިވެހިރާއްޖެ
ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
1. ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި، ހޯލްގެ ސީލިންގ އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
3. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
4. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 15 ޑިސެންބަރ 2025 ން 21 ޑިސެންބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން, ނަންނޯޓް ކުރެއްވުމަށް ފުރަންޖެހޭ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެންބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 ޑިސެންބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. ވީމާ ބީލަމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވުން އެދެމެވެ.
7. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި ކުރަންޖެހޭ މަރަމާތުގެ މަޢުލޫމަތު ޝީޓް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާފަރާތްތަކަށް ބީލަން ފޮތް ހިއްސާކޮއްލެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލައިދޫ ސްކޫލް
ލ.ކަލައިދޫ، ދިވެހިރާއްޖެ
ފޯން: 6800743 / 7669977
އީމެއިލް: [email protected]
