މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

`

 

 

މަޖީދިއްޔާ ސްކޫލް

    މާލެ، ދިވެހިރާއްޖެ    

 

އިޢުލާނު

 

މަޤާމު:

 ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:


J-372743 

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 ޕަބްލިކް ސާރވިސް ރޭންކް 7 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މަޖީދިއްޔާ ސްކޫލް . ކ.މާލެ

މުސާރަ:

 -/9845 ރުފިޔާ

މަގާމުގެ އެލަވަންސް

 -/4595 ރުފިޔާ

ހާޒިރީ އިނާޔަތް

 125.00 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 1-  ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 2-  ދަޢުލަތުގެ ޕޭ ޕްރޭމްވާރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން   އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1- އެޗް.އާރު މެއިލަށް ލިބޭ ލިޔުންތައް އެންޓްރީކުރުވުމަށްފަހު ސުޕަވައިޒަރު އަންގަވާ ގޮތުގެ މަތިން ޖަވާބު   ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

 2-  ސްކޫލްގެ މުވައްޒަފުންގެ ލިޔެކިޔުންތަށް ގަވާއިދުން ފައިލްކޮށް މުވައްޒަފުންގެ ޕާސަނަލް ފައިލްތައް   ބެލެހެއްޓުން.

 3-  މުވައްޒަފުން ހުށަހަޅާ މައްސަލަތަކަށާއި އަދި މުވައްޒަފުންނާ ގުޅިގެން އެހެނިހެން އިދާރާތަކުން އަންނަ   ލިޔެކިޔުންތަކަށް ޖަވާބު ދިނުން.

 4-  މުވައްޒަފުން ނެގުމަށް ކުރެވޭ އިއުލާންތަކާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމްތައް ބަލައިގަނެ އިއުލާނުގެ  މުއްދަތު ހަމަވުމުން ފޯމްތައް ޝޯޓްލިސްޓްކޮށް ސްޕަވައިޒަރުގެ ލަފާގެމަތިން ޝަރުތުހަމަވާ މުވައްޒަފުންގެ އިންޓަރވިއު ކުރިއަށް ގެންދިއުމަށް ލިޔުން ތައްޔާރުކުރުން.

 5-  އަލަށް ސިވިލްސަރވިސްގެ ވަޒީފާއަށް ވަންނަ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ޝެޑިއުލްގައިވާ ގޮތުގެ މަތިން އެ ޕްރޮގްރާމްތަކަށް މުވައްޒަފުން ފޮނުވުން ނުވަތަ ސްކޫލްގައި އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަކުރުން

 6- ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންގެ ރިކުއެސްޓް ވިއުގަ ސިސްޓަމް މެދުވެރިކޮށް ފޮނުވުން.

 7- ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް ވިއުގަޔަށް އަޕްޑޭޓް ކުރުން.

 8- މުވައްޒަފުންގެ ވަޒީފާ ބަޔާން އަދި ވަޒީފާގެ އެއްބަސްވުން ހެދުން.

 9- ސިވިލްސާރވިސް ވިއުގައިގެ ތެރެއިން މުވައްޒަފުންގެ ސުޕަވައިޒަރ ހަމަޖެއްސުމާއި، އެޗް.އާރް މެނޭޖަރ   ހަމަޖެއްސުން.

 10- އޮފީހުގެ ސްޓްރަކްޗަރ އަށް އަންނަ ބަދަލުތައް ބަލައި އޮފީހުގެ ރިކުއަރމަންޓްގައިވާ ގޮތައް އުފައްދަންޖެހޭ   މަޤާމުތައް އުފައްދައި އުވާލަންޖެހޭ މަގާމުތައް އުވާލުން.

 11- އޮފީހުގެ ސްޓްރަކްޗަރ އާއި ރިކުއަމަންޓާއި ވިއުގަ އަދާހަމަކޮށް ހައްލުނުވެ ހުރި މައްސަލައެއްވާނަމަ   "ކޭސްމެނޭޖަރ" އިން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް އެންގުމާއި ސިވިލް ސަރވިސްއަށް އެންގުމާއެކު   މައްސަލަ ހައްލުކުރުން.

 12- ވިއުގަ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އަޕްޓޭޑްކުރުން ( ވަޒީފާ ބަޔާން، ތައުލީމީ ސެޓްފިކެޓްތަކުގެ   ކޮޕީ އަދި ޓްރޭނިންގ ފަދަ ލިޔުންތަށް އެޓޭޗް ކުރުން.)

 13- މުވައްޒަފުން ނެގުމުގެ ހުއްދަ ލިބުމުން އެ މަޤާމުތަކަށް އިއުލާން ތައްޔާރުކޮށް ސްޕަވައިޒަރުގެ އަންގަވާ   ގޮތުގެ  މަތިން އިއުލާން ގެޒެޓްގައި ޝާއިއުކުރުން.

 14- މުވައްޒަފުން ނެގުމަށް ކުރެވޭ އިއުލާންތަކާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމްތައް ބަލައިގަނެ އިއުލާނުގެ   މުއްދަތު ހަމަވުމުން ފޯމްތައް ޝޯޓްލިސްޓްކޮށް ސްޕަވައިޒަރުގެ ލަފާގެމަތިން ޝަރުތުހަމަވާ މުވައްޒަފުންގެ   އިންޓަރވިއު ކުރިއަށް ގެންދިއުމަށް ލިޔުން ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ   8  ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތަޢުލީމީ ރޮގުތައް

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

  • އެޑްމިނިސްޓްރޭޝަން
  • ބިޒިނަސް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)
  • ބިޒިނަސް މެނޭޖްމެންޓް (ޕްރިފާރޑް)
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ޕްރިފާރޑް ޑިސިޕްލިން

  • ބިޒްނަސް އެޑްމިނިސްޓްރެޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި   އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   https://www.csc.gov.mv/download/2024/84/Annex%202%20- %20Application%20form1pnd4eve.a2u140d53hl.flr.docx 

 1- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 2-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ   ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ،   އެ  ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 3-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ   މަޤާމަށް  ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން   ދޫކޮށްފައިވާ ލިޔުން.

 4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ   ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ:   ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ  ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ  ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް  އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން   ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ   ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ   "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް   އެދެންވީގޮތާއި ސުންގަޑި:

  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 22 ވަނަ ދުވަހުގެ 14:00ގެ ކުރިން،   މަޖީދިއްޔާ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ   ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،2025 ޑިސެންބަރު 28 އާއި 2025   ޑިސެންބަރު 31 އާ ދެމެދުގެ ތާރީހެއްގައި، މަޖީދިއްޔާ ސްކޫލްގައި ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް   ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2   ފޯމު  އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް   ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި   އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

  25 ރަބީޢުލްއާޚިރު 1447

 

15 ޑިސެންބަރު 2025
ހޯދާ