ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ޓްރައިބިއުނަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)223/1/2025/48 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

            މި ނީލަމުގައި ވިއްކާލެވޭތަކެތި ބަހާލެވިފައިވާ 3 (ތިން) ލޮޓުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

             ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދައްކަންވާނެއެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ، އެތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ފައިސާ ދެއްކުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ ތަކެއްޗާމެދު މި އޮފީހަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެއެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 25 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަން ވާނެއެވެ.

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3015555 ނަންބަރު ފޯނަށެވެ. 

15 ޑިސެންބަރު 2025
ހޯދާ