އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަންކިޔުން

މި ހޮސްޕިޓަލްގައި ހުރި ބައުތަކެތި ނީލަންކިއުން، 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި މި ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

             ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00  އަށް މި ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.  

ނީލަން ކިއުމުގެ އުޞޫލު:

  •  ނީލަންކިޔާތަކެތި ބައިބަޔަށް ( ލޮޓް ) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ލޮޓްގައި ހުންނާނެއެވެ.
  • ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެން ފަރާތުން ހުށަނާޅައިފިނަމަ އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބު ކުރި ފަރާތަށް " ނީލަން ކާމިޔާބު ކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބު ކުރިފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 18:00  ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސް ކުރުމަށް ފަހުގައެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮއްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.
14 ޑިސެންބަރު 2025
ހޯދާ