ދިވެހިރާއްޖެ
ކޫލްސްކޫލް މަޝްރޫއުގެ ދަށުން ސ.ފޭދޫ ސްކޫލުގެ ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް
ޕްރޮޖެކްޓް ނަންބަރު : GS45/2025/06
ކޫލްސްކޫލް މަޝްރޫއުގެ ދަށުން ސ.ފޭދޫ ސްކޫލުގެ ކްލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޑިސެންބަރު 2025 އިން 21 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/VvMtpLXiMaCbNuwFA
މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 14 ޑިސެންބަރު 2025 އިންފެށިގެން 21 ޑިސެންބަރު 2025ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ބިޑް ހުޅުވުން އޮންނާނީ 22 ޑިސެންބަރު 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ.
ފޭދޫ ސްކޫލް
ސ.ފޭދޫ، އައްޑޫ ސިޓީ
ފޯން: 6892546
އީމެއިލް: [email protected]
