އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފިސަރ (ގްރޭޑް 1) - ޓްރެއިނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް

 

މަޤާމް :އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ޓްރެއިނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް ޔުނިޓް، ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ

-/6500ރ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3,300ރ.

ސަރވިސް އެލަވަންސް:86/67ރ. (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/2000ރ.

ސްޕެޝަލް އެލަވަންސް

-/2000ރ.

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ.

ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/500ރ.

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮފީސް މުވައްޒަފުންނަށާއި އަދި އޮފީހުން ބޭރުގެ ފަރާތްތަކަށް ހިންގާ ޓްރޭނިންގތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން، އަދި ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާފަރާތަށާއި، ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ޓްރޭނިންގގައި ބައިވެރިވާ މިހުންގެ ހާޒިރީ ބެލެހެއްޓުމާއި ރެކޯޑްސް ބެލެހެއްޓުން.
  3. ފަސޭހައިން ފެންނާނެ. ތަރުތީބު ކުރެވިފައިވާ ގޮތަކަށް ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުން
  4. ޓްރޭނިންގ ތަކުގެ ފީޑްބެކް ހޯދާ، އިވެލުއެޝަން އެނަލައިޒްކުރުމަށްފަހު ސުޕަވައިޒަރުންނަށާއި އެކްސްކޮމްއަށް ޙިއްސާކުރުން
  5. އޮފީހުގެ މުވައްޒަފުންނަށާއި އޮޑިޓް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމަށްޓަކައި ޓްރޭނިނގް ނީޑްސް އެނާލިސިސް ހެދުމުގައި އެހީތެރިވުން
  6. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން
  7. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުން ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ރާވާ، ހިންގުމުގައި އެހީތެރިވުން
  8. ކޯސްތަކާއި ތަމްރީނުތައް ފަރުމާކޮށް ތަައްޔާރު ކުރުމުގައި އެހީތެރިވުން
  9. އޮފީހަށް ބޭނުންވާ ރިފަރެންސް މެޓީރިއަލްސް، ފޮތް، މެގަޒިންއަކީ ކޮބައިތޯ ދެނެގަނެ، މި ތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  10. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމުގައި އެހީތެރިވުން
  11. ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް ސްޓްރެެޓެޖީ ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ޔުނިޓްގެ އެހެންމުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  12. މި އަޮފީހަކީ ޢާއްމުންގެ ކުރިމަތީގައި މަޤްބޫލު އޮފީހަކަށް ހެދުމުގެ ގޮތުން އޮފީހުގެ މުހިއްމު މަސައްކަތްތަކާއި ކާމިޔާބީ ޙިއްސާކޮށް އޮފީހުގެ ރެޕިއުޓޭޝަން ރައްކާތެރިކުރުމަށް މަސައްކަތްކުރުން 
  13. މީޑިއާއާއިއެކު ދުޅަހެޔޮ ގުޅުމެއް ޤާއިމުކޮށް، އޮޑިޓް ރިޕޯޓްތަކުން ހޯދޭ މަޢުލޫމާތުތައް ހެޔޮގޮތުގައި ހާމަކުރުމަށް މަސައްކަތްކުރުން
  14. ޢާއްމުން އަދި ސްޓޭކްހޯލްޑަރުންނާއިއެކު މުޢާމަލާތް ކުރެވޭ ގޮތްތައް ކުރިއަރުވާ، ޒަމާނާއި ގުޅޭ ބަދަލުތައް ގެންނަން މަސަައްކަތްކުރުން
  15. ސްޓޭކްހޯލްޑަރުންނާއި ގުޅުން ޤާއިމު ކުރުމަށާއި ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުންމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. މިއޮފީހުން ކުރާކަންކަމާއި ގުޅޭ މަޢްލޫމާތު ވެބްސައިޓާއި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުމާއި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުން.
  17. ކޮމިއުނިކޭޝަން އޮފިސަރެއްގެ ގޮތުން ސްޓޭކް ހޯލްޑަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ސްޓޭކް ހޯލްޑަރުންގެ ރެކޯޑްސްތައް ބަލަހައްޓައި އަޕްޑޭޓް ކުރުން
  18. މި އޮފީހަށް ހުށަހެޅޭ ޝަކުވާތައް ބަލަހައްޓާ، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  19. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5.ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6.ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބްޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. 

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348273 ނަންބަރު ފޯނަށެވެ

14 ޑިސެންބަރު 2025
ހޯދާ