ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ކަނޑޫދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުންޭ

ކަނޑޫދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

ބީލަންހުށައެޅުމުގެ ދަޢުވަތު

މިސްކޫލުންދޭ މައުލޫމާތާއި އެއްގޮތައް މި ސްކޫލްގެ ސެކިއުރިޓީ 1  އަހަރުދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ހަވާލުކުރެވޭނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތަށެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "ބިޑްރަޖިސްޓްރީ ފޯމް" ފުރުއްވުމަށްފަހު [email protected]  އަށް، މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.

  • މި މަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތައް މި އިޢުލާނާއި އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] މެއިލް ކުރެއްވުން އެދެމެވެ.

 

  • މި މަސައްކަތާއިބެހޭ އިތުރު މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކަނޑޫދޫ ސްކޫލްގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަނޑޫދޫ ސްކޫލްގައެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.  މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބަދަލުގައި އަންނަ ފަރާތްތަކުން ،ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6780573 އާއި ގުޅުއްވުން އެދެމެވެ.

                  24 ޖުމާދަލްއާޚިރާ 1446  

                  14 ޑިސެމްބަރ 2025 

 

 

14 ޑިސެންބަރު 2025
ހޯދާ