މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ބ.ފެހެންދޫގެ މިސްކިތުގެ ގޯތިތެރޭގައާއި، ސްކޫލުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މި އިދާރާގެ ނަންބަރު IUL)324/324/2015/33) އިޢުލާނުން 29 ސެޕްޓެންބަރު 2015 ގައި ހުޅުވާލުމުން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފެހެންދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 ގައި ފެހެންދޫ ކައުންސިލް އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި ފެހެންދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
ހ. "ފެހެންދޫގެ މިސްކިތުގެ ގޯތިތެރެއާއި، ސްކޫލުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ބީލަންފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
28 މުޙައްރަމް 1437
10 ނޮވެންބަރު 2015
ހޯދާ