މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވެފައިވާ މުލަކު ކައުންސިލްގެ ފުޓްސަލް ޓީމް މެނޭޖުކުރާނެ ފަރާތެއް ހޯދުމަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވެފައިވާ މުލަކު ކައުންސިލްގެ ފުޓްސަލް ޓީމް މެނޭޖުކުރާނެ ފަރާތެއް ހޯދުމަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވެފައިވާ މުލަކަތޮޅު މުލަކު ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މުލަކު ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2025 ޑިސެންބަރ 21 ވަނަ ދުވަހު ދުވަހުގެ 14:00 ކުރިން ޕްރޮޕޯސަލް [email protected]  މެއިލްއަށް ނުވަތަ ހާޑް ކޮޕީ ކައުންސިލް އިދާރާއަށް  ހުށަހަޅައި ދެއްވުން އެދެމެވެ.

ނޯޓް: މިއީ މިކަމާއި ގުޅިގެން ކުރެވޭ ދެވަނަ އިޢުލާނެވެ. މި ކަމާއި ގުޅިގެން ކުރެވުނު ނަންބަރު: (IUL)364-ESMS/365/2025/1އިޢުލާން ވަނީ ބާތިލުކުރެވިފައެވެ. 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

                        24 ޖުމާދަލްއާޙިރާ 1447

                        14 ޑިސެންބަރު  2025

14 ޑިސެންބަރު 2025
ހޯދާ