އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
މާލޭ ހުޅަނގު ހާބަރު ސަރަޙައްދުންނާއި އަލިމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް، މިނިސްޓްރީގެ ފަރާތުން ކުއްޔަށް ދޫކުރުމާ ގުޅިގެން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ބެހޭ

އިޢުލާން

މާލޭ ހުޅަނގު ހާބަރު ސަރަޙައްދުންނާއި އަލިމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް، މިނިސްޓްރީގެ ފާރާތުން ކުއްޔަށް ދޫކުރުމާ ގުޅިގެން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ބެހޭ:

27 އޮކްޓޫބަރު 2015 ގައި، މި މިނިސްޓްރީގެ ފަރާތުން، މާލެ ހުޅަނގު ހާބަރު ސަރަޙައްދުންނާއި އަލުމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް ބިން ދޫކުރުމާ ބެހޭ ގޮތުން ކޮށްފައިވާ އިޢުލާނު (138-AS6/1/2015/324) ގައި ބިންތަކަށް އެދި ފޯމު ހުށަހަޅަންޖެހޭ މުއްދަތަކީ 05 ނޮވެންބަރު 2015 އިން ފެށިގެން 12 ނޮވެންބަރު 2015 އަށެވެ. އެހެން ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިން ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 19 ނޮވެންބަރު 2015 ކަމުގައި ވަނީ ހަމަޖެހިފައެވެ. ބިންތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯމުގައި ހިމެނިފައިވާނެއެވެ. އަދި މި ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ