މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯރ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނުމަގު - ފޭސް 2 ޕްރޮޖެކްޓާއި ގުޅޭ

"ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯރ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނުމަގު - ފޭސް 2 ޕްރޮޖެކްޓް" ގެ މަސައްކަތް، 2025 ޑިސެމްބަރ 8 އިން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް 2025 ޑިސެމްބަރ 20 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރ ހިމެނޭ ސަރަހައްދެކެވެ.

އެގޮތުން، މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި (އެއްގަމު ތޮށި) މާކް ޖެހިފައިވާނެއެވެ. އަދި މި ދެންނެވުމާ އެކު އެއްހީރަސް ކުރެވިފައިވާ ޗާޓުގައި ފެހި، ރީނދޫ އަދި އޮރެންޖް ކުލަތަކުން ފާހަނގަ ކުރެވިފައި މިވަނީ ސެގްމެންޓްތައް ބެހިފައިވާ ގޮތުގެ ތަފްސީލް ކަމުގައި ދަންނަވަމެވެ.

 

އެހެންކަމުން، ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، 2025 ޑިސެމްބަރ  19 ވަނަދުވަހުގެ މެންދަމު 00:00 ނިޔަލަށް މި ދެންނެވި ސަރަހައްދުން ނަންގަވައިދެއްވުން އެދި ދަންނަވަމެވެ. މިކަމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

 

ވީމާ، މިކަމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ދަންނަވަމެވެ.

14 ޑިސެންބަރު 2025
ހޯދާ