ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ވިޔަފާރި ބަނދަރަށް ބާލާފައިވާ މުދަލުގެތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވެފައިވާ މުދަލާއިގުޅޭ

ތިރީގައި ބަޔާންކުރެވިފައި އެވަނީ މިކުންފުނީގެ ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލެވެ.

ވީމާ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާ ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ.  އަދި މިދެންނެވުނު މުދަލުގެތެރޭގައި ކަމާއިބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއާރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 ޑިސެންބަރު 2025
ހޯދާ