ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ

އިޢުލާނު

2026 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ

 2026 ވަނައަހަރު ތިމަރަފުށި ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ ކުލާސް ތަކަށް އަލަށް ވަންނަ ކުދިން ވެއްދުމަށް ދޫކުރާ އެޕްލިކޭޝަން ފޯމް 2025 ޑިސެމްބަރ 14 އިން 2026 ޖެނުއަރީ 08 ގެ ނިޔަލަށް ތިމަރަފުށި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކޮށް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައެވެ.

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެ ގޮތް

ގުރޭޑް

2026 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

ބޭބީ ނާރސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ

ނާރސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ

 

ވީމާ ބަޔާންކޮއްފައިވާ ގޮތުގެމަތިން އުމުރުފުރާ ހަމަވާ ދަރިވަރުން 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 13:30 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯރމް ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ

14 ޑިސެންބަރު 2025
ހޯދާ