ދިވެހިރާއްޖެ
(IUL)258/258/2025/96ނަންބަރު:
އިޢުލާން
ހަނިމާދޫ ކައުންސިލްއިން ދޮންވެލި ދޫކުރުން
ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހުރި ދޮންވެލި، ކޮންމެ ގެޔަކަށް 150 ގޯނި ވެލި ދޫކުރުމަށް، ހަނިމާދޫ ކައުންސިލުން ވަނީ ނިންމާފައެވެ. ވެލި ދޫކުރާނީ ސިމެންތި އަދި ހިލަވެލި ގޯނި ނުވަތަ އެ ސައިޒުގެ ގޯނި ގެންނަފަރާތް ތަކަށެވެ. އަދި 150 ގޯނި ވެލި އެއްފަހަރާ އެގެޔަކުން ނަގަންވާނެ ވާހަކަ ދަންނަވަމެވެ. (ވެލި ދޫކުރާ ސަރަޙައްދު: ބޮޑުތަކުރުފާނު މަގުގެ ދެކުނުން، ހަނިމާދޫ މެޖިސްޓްރޭޓް ކޯޓްގެ ހުޅަނގުން ޖަހާފައިވާ ވެލި ފުނިން)
ވީމާ، ދޮންވެލި ދޫކުރުން މިއަދުން ފެށިގެން ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިޔަށްދާނެ ވާހަކަ ދަންނަވަނެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖުމާދަލްއާޚިރާ 1447
14 ޑިސެމްބަރ 2025
