ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ރެކޯޑު ސާފުކުުރުމާއި ގުޅޭ

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ރެކޯޑު ޕޯޓަލްrecords.judiciary.gov.mv  މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އިންތިޚާބަށް ކުރިމަތިލުމަށް ރެކޯޑު ސާފުކުރާ ފަރާތް ތަކުން ރެކޯޑު ސާފުކުރުމަށް އެދިލައްވާއިރު ތިރީގައިމިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

  1. ރެކޯޑު ސާފުކުރުމަށް އެދޭއިރު "ކުށާއި ދަރަނީގެ ރެކޯޑު" ނެގުން.
  2. ރެކޯޑު ސާފުކުރާ ޕާޕަސްގައި "އިލެކްޝަން" ޚިޔާރުކުރައްވައިފިނަމަ، އުމުރު ދުވަހަށް ރެކޯޑު ސާފު ކުރެވޭނެކަން.

އަދި އިލެކްޝަން އިންތިޚާބުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރުމަށް ހުށަހެޅުއްވުމަށާއި، ވަގުތުނެތި ހުށަހަޅުއްވާ ފަރާތް ތަކުގެ ރެކޯޑުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާ ފައިވާ މުއްދަތަށް ނުނިމިދާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

11 ޑިސެންބަރު 2025
ހޯދާ