މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިބަހުން ލިޔެފައިވާ އިސްލާމީ ފޮތްތައް ހޯދުމަށް

އިޢުލާން

މަސްޖިދުލް އަޤްޞާއާއި، ބައިތުލް މަޤްދިސްގެ ތާރީޚާއި ގުޅޭގޮތުން ލިޔެފައިވާ އިސްލާމީ ފޮތްތައް ހޯދަން ބޭނުންވެއެވެ.

އަދި މިފޮތްތައް ތަރުޖާކޮށްފައިވާ ނުވަތަ އެފޮތްތައް ލިޔެފައިވާ ފަރާތްތަކަކީ، ދީނީ ވަޢުޒު ދިނުމަށް މިވުޒާރާއިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އާންމު ފަރުދުންނަށެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/GJ1SUYf17g

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެންބަރު 23 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252  3020239  ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11 ޑިސެންބަރު 2025
ހޯދާ