ދިވެހިރާއްޖެ
އިޢުލާން
ޚާއްޞަ އިޤްތިސާދީ ސަރަހައްދުގެ ޤާނޫނުގެ ދަށުން ރިޕޯޓުކުރާ މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ ސެކްރެޓޭރިއަޓް ބަލަހައްޓާ މިނިސްޓްރީއަކީ މި މިނިސްޓްރީ ކަމުގައި ވަނީ ހަމަޖެހިފައެވެ. މިގޮތުން، ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ހިންގުމަށް ތިރީގައި ދަންނަވާފައިވާ މުވައްޒަފުން، މި މިނިސްޓްރީގެ ދަށުން ގާއިމު ކުރުމަށް ނިންމާފައިވާ އެސް.އީ.ޒެޑް މޯލްޑިވްސްގެ އޮފީހަށް ހޯދުމަށް ބޭނުންވެއެވެ.
- ޑިރެކްޓަރ، އިންވެސްޓަރ ރިލޭޝަންސް އެންޑް ބިޒްނަސް ފެސިލިޓޭޝަން ސެކްޝަން
- ޑިރެކްޓަރ، ލީގަލް އެފެއާޒް
މަތީގައި ދެންނެވިފައިވާ ވަޒީފާތަކާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި
”Job Application for positions in the SEZ Secretariat“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333174 ނުވަތަ 3333180 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
30 މުޙައްރަމް 1437