ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިހާނުގެ ސުވާލުތައް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުން އަދި ރިވިއުއަރުން ހޯދުން

2026 ވަނަ އަހަރުގެ ބާ އިމްތިހާނުގައި އައިޓަމް ރައިޓަރުން އަދި ރިވިއުއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމު / މަސައްކަތް

އައިޓަމް ރައިޓަރ / ކޮންޓެންޓް ރިވިއުއަރ

ސުވާލުތައް ތައްޔާރުކުރުމަށް ބޭނުންވާ ދާއިރާތައް

  • ކޮންސްޓިޓިޔުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
  • ޓޯޓް ލޯ
  • ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

އަސާސީ ޝަރުތުތައް:

  • ޤާނޫނީ ވަކީލަކު ކަމުގައިވުން.
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

މަސްއޫލިއްޔަތު:

ބާ ކައުންސިލުން ކަނޑައަޅާ އިރުޝާދުތަކާ އެއްގޮތަށް ސުވާލުތައް ތައްޔާރުކުރުން.

މަޤާމު / މަސައްކަތް:

ލެންގުއޭޖް ރިވިއުއަރ (އެޑިޓަރ)

އަސާސީ ޝަރުތުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އިނގިރޭސި އަދި ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތައް ފުރިހަމައަށް އެނގުން.
  • ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

މަސްއޫލިއްޔަތު:

ބާ ކައުންސިލުން ކަނޑައަޅާ އިރުޝާދުތަކާ އެއްގޮތަށް ސުވާލުތައް އެޑިޓްކުރުން.

މުސާރަ/ އެލަވަންސް:

ތައްޔާރުކުރާ ނުވަތަ ރިވިއުކުރާ އައިޓަމްތަކަކީ އިމްތިހާނުގެ ފެންވަރަށް ފެތޭ އައިޓަމްތަކެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އެފަދަ އައިޓަމްތަކަށް ފައިސާ ދެވޭނެއެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ރައިޓަރުން އަދި ރިވިއުއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރު އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

 

ގޫގްލް ފޯމް: https://forms.gle/ruEJJGZJ26w5gKN7A

 

އެޕްލިކޭޝަނަކާއެކު ހުށައަޅާ ވަނަވަރުގައި ކުރިމަތިލާ މަސައްކަތާ ގުޅޭ ތަޖުރިބާ ހިމަނައި، ކަމާބެހޭ ތަޖުރިބާގެ ލިޔުންތައް އެއްކަރުދާސްކުރަންވާނެއެވެ.

ސުންގަޑި:

25 ޖަނަވަރީ 2026ގެ ހެނދުނު 8:00 ގެ ކުރިން

 

އިތުރު މަޢުލޫމާތު:

މި އިޢުލާނުގައިވާ މަޤާމުތަކަށް އެކަށީގެންވާ ޤާބިލު މީހުން ލިބުމާއި ހަމައަށް އިޢުލާނުގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.

 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.

 

 

11 ޑިސެންބަރު 2025
ހޯދާ