މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް ފޮއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ފޮއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެ ވިޔަފާރިތަކުން ނުވަތަ ކުންފުނިތަކުން 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން މިއިދާރާއަށް ހާޟިރުވެ ނުވަތަ [email protected] މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޚް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީ ވުމަށް

ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އިދާރާއަށް ހާޟިރުވެ ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން

11 ޑިސެމްބަރ 2025 ން 21 ޑިސެމްބަރ 2025 އަށް

13:00 އަށް

2

ބީލަން ހުށަހެޅުން

ނ. ފޮއްދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ.)

28 ޑިސެމްބަރ 2025 (އާދިއްތަ ދުވަސް)

20:45

            އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތް ތަކުން ބީލަމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

                            ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

11 ޑިސެންބަރު 2025
ހޯދާ