ދިވެހިރާއްޖެ
"ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ފަށައިގަތުމަށް ވަމުންދާ ތައްޔާރިތަކާ ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން 09 ޑިސެންބަރު 2025 ގައި އެވުޒާރާއިން ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން، މިކައުންސިލަށް ވަނީ މަޢުލޫމާތު ޚިއްސާކުރެވިފައެވެ. އެގޮތުން ރަށްރަށުގައި ދޫދޫމަތިން ހަނދާންތައް އެއްކުރުމުގެ ތަމްރީނު ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މިތަމްރީނު ޕްރޮގުރާމުގެ މަގުސަދަކީ ކުރީޒަމާނުގައި ރަށްރަށުގައި ހިނގާފައިވާ ހާދިސާތަކާއި، ފާހަގަ ކޮއްލެވޭ ތަންތަނާއި ތަކެތީގެ މަޢުލޫމާތު ތަކާއި ދޫދޫމަތިން ކިޔާ ވާހަކަ ތަކާއި، މިނޫންވެސް މިކަމާ ގުޅުންހުރި ކަންކަމާއި ގުޅޭ މަޢުލޫމާތުތައް އިލްމީގޮތުން އެއްކޮއް، އަންނަންއޮތް ޖީލުތަކަށް މިކަންކަން ވާސިލުކޮއްދިނުމެވެ.
ވީމާ، "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ހިލޭ ސާބަހަށް މަސައްކަތް ކޮއްދެއްވާނެ 10 ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮއްދެއްވަން ބޭނުންވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ މަޢުލޫމާތު ތަކާއިއެކު 17 ޑިސެންބަރު 2025 ދުވަހުގެ 13:00 ކުރިން، ތިރީގައިވާ މަޢުލޫމާތާއިއެކު، މިކައުންސިލްގެ ވައިބަރ ނަންބަރު 9211533 އަށް ފޮނުއްވުން އެދެމެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 9997122 ފޯނާއި ގުޅުއްވުން އެދެމެވެ.
- ނަން
- މަޤާމް
- މިހާރުދިރިއުޅޭ އެޑްރެސް
- ގުޅޭނެ ނަންބަރު
21 ޖުމާދަލްއާޙިރާ 1447
11 ޑިސެންބަރު 2025
