މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ ( ޕްރޮކިޔުމަންޓް ވަގުތީ)

އިޢުލާން     

މި އިދާރާއަށް އެސިސްޓެންޓް ކައުންސިލު އޮފިސަރަކު ބޭނުންވާތީ އެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

އެސިސްޓެންޓް ކައުންސިލް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓެކްޓް (އެއް އަހަރު)

މަޤާމުގެ ރޭންކް

ލޯކަލް ކައުންސިލް އޮފިޝަލްސް (ޕަބްލިކް ސަރވިސް ރޭންކް 3)

ވަޒީފާ އަދާ ކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/7585 ރުފިޔާ (މަހަކު)

މަޤާމު އެލަވަންސް

-/2275 ރުފިޔާ (މަހަކު)

ހާޒިރީ އެލަވަންސް

-/60 ރުފިޔާ (ހަމަޖެހިފައިވާ އުސޫލުން، ޙާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  2. ޙަވާލުކުރެވޭ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  3. ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތު އަދާކުރުން.
  4. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށޭއިރު އަދި އަހަރުގެ މެދުތެރޭ  އިދާރާއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ސެކްޝަންތަކުން ހޯދައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން އެކުލަވައިލުން.
  5. ކައުންސިލް އިދާރާއަށް އަދި ކައުންސިލް އިދާރާގެ ބެލުމުގައިވާ ތަންތަނަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި ދަޢުލަތު މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޕަރޗޭސް ރިކުއެސްޓް ލިބުމުން ޕަރޗޭސް އޯޑަރ، އެގްރިމެންޓް ހަދަންޖެހޭފަދަ އޯޑަރެއްނަމަ އެގްރިމަންޓް ހެދުމަށްފަހު އެ ތަކެތި/ޚިދުމަތް ހޯދާ ސްޓޮކަށް ހޯދޭ ތަކެތިނަމަ، ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ހަވާލުކުރުން. ހަރުމުދަލެއްނަމަ ހަރުމުދަލުގެ ރަޖިސްޓްރީއަށް އެރުވުން.
  6. ކައުންސިލުން ކުރުވަން ބޭނުންވާ މަސައްކަތްތަކާއި އިޢުލާންތަކާއި ގުޅިގެން ދޭންޖެހޭ މައުލޫމާތު ބައްދަލުވުންތައް ބޭއްވުމާއި، ހުށަހަޅާ އެސްޓިމޭޓްތައް ބަލައިގަތުމާއި، ކައުންސިލުން ކުރާ އިޢުލާންތަކާއި ގުޅިގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކުރުމާއި އަދި އެކަމާއި ގުޅުންހުރި މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  7. ކައުންސިލަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓުކުރުމަށް ބިޑްކޮމެޓީއަށް ހުށަހަޅައި އެކޮމެޓީގެ އެންމެހާ އިދާރީ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރުން.
  8. ކައުންސިލް  އިން ތަކެތި ދީގެން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެއްޗަށް/ޚިދުމަތަށް ރިކުއެސްޓް ލިބުމުން ދުރާލާ އެތަކެތި ހޯދާ ހަވާލުކުރުން.
  9. ކައުންސިލުން އާންމުކޮށް ހުޅުވާލާ ބިޑްތަކަށް ބޭނުންވާ ބިޑާއި ގުޅޭ ލިޔުންތައް ތައްޔާރުކުރުމާއި މުދަލާއި ޚިދުމަތް ހޯދުމަށް ބިޑްކުރުމާއި އެގްރިމެންޓް ހެދުން.

10. ޕްރޮކިއުމަންޓާ ގުޅިގެން އަންނަ އިންވޮއިސްތަކަށް ބޭނުންވާ ޑޮކިއުމަންޓް ހަމަކޮށް، ފައިސާ ދެއްކުމަށްޓަކައި ފައިނޭންސް ޔުނިޓާއި ހަވާލުކުރުން.

11. ޕްރޮކިއުމަންޓް ޔުނިޓްއިން ހޯދާ ތަކެއްޗާއި ހިދުމަތްތަކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

12. އޮފީހަށް ހޯދާ މުދަލާއި ޚިދުމަތުގެ މަޢުލޫމާތު ހިމަނާ ޕްރޮކިއުމަންޓް ރިޕޯޓް މަހުން މަހަށް އެކުލަވާލާ ޢާއްމުކުރުން.

13. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.

14. ކައުންސިލް އިދާރާއިން ޢާއްމުކުރާ ލިޔުންތައް ލައުޑްސްޕީކަރއިން ޢާއްމުކުރުން.

15. މުވައްޒަފަކު ނެތުމުގެ (ޗުއްޓީގައި ހުރުމުގެ) ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތީ ގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން ނުވަތަ؛
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް( ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުޠު ހަމަވުން

%30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

%5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

%5

އެސެސްމެންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

%25

އިންޓަރވިއު

%35

ޖުމްލަ:

%100

ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޑިސެންބަރު 2025 ގެ :0012 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  15 ޑިސެންބަރު 2025 އާއި 17 ޑިސެންބަރު 2025 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ