ދިވެހިރާއްޖެ
މިނިސްޓްރީގެ ނަންބަރު: (IUL)459-A/1/2015/116 ގެ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުގައި ކުށެއްވުމުގެ ސަބަބުން މި އިޢުލާން ބާޠިލްކޮށް އަލުން ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ވަނީ ކޮންމެ އަހަރަކު "ރެހެންދި އެވޯޑު"ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައެވެ.
މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ(ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.
އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، ރެހެންދި އެވޯޑު ކޮމިޓީއިންނެވެ.
މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
- އެޕްލިކޭޝަން ފޯމް
- ޕާސްޕޯޓް ސައިޒް ފޮޓޯއެއް
- ވަނަވަރު އަންގައިދޭ ލިޔުމެއް
- ސަޕޯޓިންގ ޑޮކިއުމަންޓްސް (އެޕްލިކޭޝަން ފޯމުގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިއުންތައް)
- އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ކުށުގެ ރިކޯޑު ފޯމު
- އައިޑީ ކާޑުގެ ކޮޕީ
- މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް
އިނާމް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ލިބިވަޑައިގަންނަވާނެއެވެ.
މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރު 2015 އެވެ.