ދިވެހިރާއްޖެ
ނޮވެންބަރު 26، 2015 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ.
މިއިންތިޚާބު މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
1- 18 އަހަރު ފުރިހަމަ ވެފައިވާ މީހެއް ކަމުގައިވުން
2- ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން
3- ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ ޚަބަރު ފަތުރާ ވަސީލަތެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވުން
4- އިންތިޚާބުގެ ކަންތައްތައް ހިންގުމަށް ހަވާލުވެގެން ހުރި އޮފިޝަލެއް ކަމުގައި ނުވުން.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު، އެ ނޫސް މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް، މި އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސް ދޫކުރެވޭނީ މި ކައުންސިލް ހިމެނޭ ދާއިރާގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ފާހުގެ ޢަދަދު އިތުރުނުވާ ގޮތެއްގެ މަތިންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާއިންނެވެ.
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މުޙައްރަމް 1437