ދިވެހިރާއްޖެ
ނޮވެންބަރު 26، 2015 ވާ ބުރާސްފަތިދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ބާއްވާ، އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންނަށް އެކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.
މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނަނިވި ޝަރުތުތައް ހުންނަންވާނެއެވެ.
1- އުމުރުން 18 (އަށާރަ ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
2- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން
3- އިންތިޚާބާބެހޭ މަސައްކަތް ކުރުމަށް ހަވާލުވެފައިވާ މީހެއް ކަމުގައި ނުވުން
4- ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން
5- ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ މީހެއް ކަމުގައި ނުވުން
ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، އެކެންޑިޑޭޓަކު ކުރިމަތިލާ ދާއިރާގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަނު ކުރެވިދާނެއެވެ.
މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން، އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާއިންނެވެ.
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މުޙައްރަމް 1437