މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ވުޒާރާގެ ދަށުން ހިނގަމުން އަންނަ ޞިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަޔަރވޯލް ހޯދާ ސެޓަޕް ހަދާ ޑިޕްލޯއީ ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 10 ޑިސެންބަރު 2025 19:14 ގައި ބާތިލް ކުރެވިފައެވެ.


                                      އިޢުލާން

ޞިއްޙީ ވުޒާރާގެ ދަށުން ހިނގަމުން އަންނަ ޞިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަޔަރވޯލް ހޯދާ ސެޓަޕް ހަދާ ޑިޕްލޯއީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޑިސެންބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                             19 ޖުމާދަލްއާޚިރާ 1447ހ

10 ޑިސެންބަރު 2025
ހޯދާ