މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މާލޭ ސަރަހައްދުގައި އޮންނަ  ސީ އެމްބިއުލަންސަށް، ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު:

6 މަސްދުވަސް

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާ، ޔުނީފޯމް އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި، ޔުނީފޯމް އެލަވަންސަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން،  ހާޑްޝިޕް އެލަވަންސްގެގޮތުގައި، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާއާއި،  ޝިފްޓް ޑިއުޓީ އެލަވަންށާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން:

މާލެއާއި، މާލެ ސަރަހައްދުގައި

 

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަންގެ ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ، ބީ، ސީ ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

 

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރު ޖަހާފައި، 2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުވުން އެދެމެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް 3342967 ނަންބަރު ފޯނަށް ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015
ހޯދާ