ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
4 ނޮވެންބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރުމާބެހޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރުSC-RU/03/2015 (ތާރީޚު:4 ނޮވެންބަރު 2015) ރޫލިންގ ގެ ދަށުން "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާޢިދު" އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، ޤަނޫނީ ވަކީލުންގެ ދަފްތަރު މި ޑިޕާޓްމަންޓުން ބަލަހައްޓާ ގޮތަށް ހަމަޖެހިގެން ދިއުމާއެކު، މި ދަފްތަރު އެކުލަވައިލުމަށްޓަކައި، 4 ނޮވެންބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، 4 ނޮވެންބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން "4 ނޮވެންބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

"04 ނޮވެންބަރު 2015 ގެ ކުރިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015
ހޯދާ